ލިޔުންތަކުގެ ފަހަތުން

އަހަރެންގެ ވާހަކަ

ފަތުޙުﷲ އަޙުމަދު ރަޝީދު

ފަތުޙުﷲ އަޙުމަދު ރަޝީދު

އަޅުގަނޑަކީ ދިވެހިބަހާއި ބަހަވިއްޔާތަށް ޝައުޤުވެރިކަން ހުންނަ ދިވެއްސަކީމެވެ. އަޅުގަނޑަކީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއަށް ނިސްބަތްވާ މީހަކީމެވެ. ލިޔުންތެރިކަމާއި ދިވެހިބަސް ދިރާސާކުރުމަކީ ސްކޫލު ދައުރުން ފެށިގެން ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ ކަންކަމެވެ. ވަކީން ޚާއްޞަކޮށް ދިވެހިބަހުގެ އަޑުމަޚުރަޖާއި އަޑުތައް އެމުނިހިމުން ވެގެންދާ ހަމަތަކާއި އުސޫލުތައް ދިރާސާކުރުމަކީ ކުރާހިތުން ކުރާ ކަންކަމެވެ. ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ބަނދި ހެދުމަކީ ޝައުޤުވެރިވާ ދާއިރާއެކެވެ. މި ފަތްފުށްތަކުގައި މިވަނީ އަޅުގަނޑުގެ ޚިޔާލާއި ޝުޢޫރާއި ބައެއް އުފެއްދުންތަކެވެ.